މޯލްޑިވިއަން

މޯލްޑިވިއަން އިން އަނެއްކާވެސް އޭ330އެއް ހޯދަން އިއުލާންކޮށްފި

މޯލްޑިވިއަންއަށް ގެނައި ފުރަތަމަ އެއާބަސް އޭ330-200 ގެ މަތިންދާބޯޓު -- ފޮޓޯ: އަވަސް
0%
0%
0%

ގައުމީ އެއާލައިން މޯލްޑިވިއަން އިން ރާއްޖެއިން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށްޓަކައި އެއާބަސް އޭ330-200 މަތިންދާބޯޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހޯދުމަށް އަނެއްކާވެސް އިއުލާން ކޮށްފި އެވެ.

މި މަޝްރޫއުގެ ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް މާޗް ހަތްވަނަ ދުވަހެވެ.

ބިޑް ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ މާޗް 25 ވަނަ ދުވަހު އެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 24 މަތިންދާ ބޯޓު ހިމެނެ އެވެ. މީގެތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރަނީ އެއާބަސް އޭ330 އާއި އެއާބަސް އޭ320 މަރުކާގެ ބޯޓުތަކެވެ.

އެންމެ ފަހުން ފްލީޓަށް އިތުރުކުރި އޭ330 ބޯޓު ވަނީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހު ދިވެހި ޕައިލެޓުންނާއެކު ރާއްޖެ ގެނެސްފަ އެވެ. މި ބޯޓު މިހާރު އަންނަނީ ޗައިނާގެ ބެއިޖިން، ޝެންހާއީ އަދި ޗެންގްޑޫއަށް ދަތުރުތައް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ޗައިނާގެ އިތުރު ސިޓީތަކަށާއި ޔޫރަޕްގެ ގައުމުތަކަށް ގައުމީ އެއާލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން ފުޅާކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހު އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345