ޖޭއެސްސީ

ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށްފި

Mar 27, 2022

ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށްފި އެވެ.

އިސް މެޖިސްޓްރޭޓުން މިއަދު އައްޔަންކުރައްވާފައިވަނީ ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަދި ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންނެވެ.

އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރެއްވި ބޭފުޅުން

  • ހއ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް - ހއ. އުތީމު، ކަރަންކާގެ، އަހްމަދު އާދަމް
  • ވ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް - ވ. ފުލިދޫ، ވެނިލާގެ، އަހްމަދު ޝަރީފް
  • ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް - ގދ. ތިނަދޫ، ދިލްބަހާރުގެ، އަބްދުލް ރައްޒާގު މުހައްމަދު

މި ތިން ބޭފުޅުންގެ ތެރެއިން އަހްމަދު އާދަމް އާއި އަބްދުއް ރައްޒާގަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ އަދި ފަނޑިޔާރެއްގެ ގޮތުގައި 19 އަހަރު މަސައްކަތް ކުރައްވާފައިވާ ދެ ބޭފުޅުންވެ.

އަހްމަދު ޝަރީފަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރެއްވުމުގެ އިތުރުން ފަނޑިޔާރުކަމުގައި 28 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.