ރައްޔިތުންގެ މަޖިލިސް

ފަންނީ އުފެއްދުންތައް ގިންތިކުރާ ބިލަށް ހިޔާލު ހޯދަނީ

ފަންނީ އުފެއްދުންތައް ގިންތިކުރާ ބިލަށް ހިޔާލު ހޯދަން ހޯދަން ހުޅުވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ފަންނީ އުފެއްދުން ގިންތިކުރުމާއި ދަރަޖަކުރުމުގެ ބިލު" އަށް ހިޔާލު ހޯދުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

ހިޔާލު ދޭން ބޭނުންނަމަ ފަންނީ ބިލު ދިރާސާކުރާ މަޖިލީިހުގެ ގައުމީ ތަރައްގީއާއި ތަރިކައިެ ކޮމިޓީގެ އީމެއިލަށް ވެސް ހިޔާލު ފޮނުވޭނެ އެވެ.

ފަންނީ އުފެއްދުންތައް ގިންތިކުރާ ބިލުގެ މަގްސަދަކީ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަށް އެކަށޭނެ ގޮތަށް ގިންތި ކުރެވޭ އުފެއްދުންތަކެއް ކަމަށް ކަށަވަރުކުރުމަށްޓަކައި ގިންތިކުރުމާއި ދަރަޖަކުރުމުގެ ނިޒާމެއް ގާއިމުކުރުން ކަމަށް ބުނެފައި ވެއެވެ.

މި ގާނޫނުގެ ދަށުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ނެޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝްއިން ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.

ބިލު ގާނޫނަކަށް ވުމުން ރާއްޖޭގައި އުފައްދާ ނުވަތަ އެތެރެކުރާ ފިލްމާއި ސައުންޑް ރިކޯޑިންއާއި ފޮޓޯއާއި ކުރެހުން ފަދަ އުފެއްދުންތައް އާންމުކުރެވޭނީ އެ އުފެއްދުންތައް ގިންތި ކުރުމުން ނެވެ. ނަމަވެސް އަމިއްލަ ބޭނުމަށާއި ފަތުރުވެރިން އެތެރެކުރާ އުފެއްދުމާއި އަދި ޑައުންލޯޑް ކުރާ އުފެއްދުންތައް އިސްތިސްނާ ވާނެ އެވެ.

އުފެއްދުންތައް ގިންތިކުރާ އިރު ހުރިހާ އުމުރެއްގެ މީހުންނަށް ބެލޭ ނުވަތަ ވަކި އުމުރު ފުރާތަކަށް އެކަށީގެންވާ ގޮތަށް ގިންތި ކުރެވޭނެ އެވެ. އަދި ގިންތި ކުރުމުގައި އާންމު އިޖުތިމާއި މިންގަނޑުތަކާއި ޖިންސީ ކަންކަމާއި އަނިޔާވެރިކަން ހުރި މިންވަރަަށް ރިއާޔަތްކުރަން ޖެހޭނެ އެވެ.

ބިލު މިހާރޮ އޮތް ގޮތުން ގިންތިކޮށްފައިވާ އުފެއްދުމަށް އުނި އިތުރެއް ގެނެސްފިނަަމަ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 އާއި 5000 ރުފިޔާއިން ޖޫރިމަނާކޮށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އިތުރު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.