އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކޮށްފި

ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަ ކޮށްފި އެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ވަނީ ކޭކު ފެޅުމުގެ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އަހަރީ ކޭކު ފަޅުއްވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކުންފުނީގެ ބޯޑު މެމްބަރުންނާއި އަދި އިސްވެރިން ނެވެ.

އެ ރަސްމިއްޔާތުގައި ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ކާމިޔާބު ދިގު ދަތުރާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެމްޑަބްލިއުއެސްސީ އުފައްދަން މަސައްކަތް ކުރިއިރު ހާލަތު އޮތް ގޮތް ކައިރިން ދެކިވަޑައިގެންނެވި ކަަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުހިންމު އެއް ވައުދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުން ކަަމަށްވާ އިރު އެކަމުގައި އެމްޑަބްލިއުއެސްސީގެ ބޮޑު ރޯލެއްް އެބައޮތް ކަަމަށެވެ.