އަހުމަދު ނާޒިމް

ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި

Dec 27, 2015

ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރަން ދީފައިވާ މުއްދަތަށް 10 ދުވަސް އިތުރުކޮށްދީފި އެވެ.

ކަރެކްޝަނުން ބުނީ ނާޒިމްގެ ފަރާތްޕުޅުން މުއްދަތު އިތުރު ކުރުމުގެ ލިޔުންތައް ހުށަހެޅުމުން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. މުއްދަތު އިތުރު ކުރުމުން ނާޒިމުގެ ބޭސް ފަރުވާގެ މުއްދަތު ހަމަވާނީ ޖެނުއަރީ ފަސްވަނަ ދުވަހު އެވެ.

ބޭސްފަރުވާއަށް ސިންގަޕޫރަށް ނާޒިމް ފުރާވަޑައިގަތީ މިމަހުގެ 11 ވަނަ ދުވަހުއެވެ.