ރައީސް އޮފީސް

ގައުމީ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

Mar 31, 2022

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހަށާއި، އީމެއިލް މެދުވެރިކޮށް އަދި ޕޯޓަލް މެދުވެރިކޮށް ވެސް އިނާމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ދީފައި ވެއެވެ.

ގައުމީ އިނާމަށް މިއަހަރު ވެސް ހުޅުވާލާފައިވަނީ މައިގަނޑު 34 ދާއިރާއަކުންނެވެ. ދާއިރާތަކާ ގުޅޭގޮތުން ގައުމީ އިނާމު ކޮމިޓީގައި މަޝްވަރާކޮށް އަދި ކަމާބެހޭ އިދާރާތަކުގެ ހިޔާލު ހޯދައި އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ވެސް ވަނީ ގެނެސްފަ އެވެ.

މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅެ އެވެ.


އޭޕްރީލް މަހުގެ ދެވަނަ ދުވަހުން ފެށިގެން މެއި 31 ގެ ނިޔަލަށް ފޯމް ބަލައިގަންނާނެ އެވެ.