ދިރާގު

އެމްއެމްއޭސީގެ މަދަހަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Mar 31, 2022

މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ) އިން ރޯދަ މަހު ކުރިއަށް ގެންދަން ނިންމާފައިވާ "މަދަހަ ރަން އަޑު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިިފި އެވެ.

ދިރާގުން ބުނީ މިއެއްބަސްވުމުގެ ދަށުން މަދަހަ ރަން އަޑުގެ އެޕިސޯޑްތައް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުން ބެލޭނެ ކަމަށެވެ.

އިސްލާމީ އުސޫލުތަކަށް ހިތްވަރު ދޭ ހަރަކާތްތަކާއި ޒުވާން ޖީލު އިސްލާމީ އުސޫލުތަކުގެ މަތީގައި ތަރުބިއްޔަތުވުމަށް ހިތްވަރު ލިބޭ ހަރަކާތްތަކުގައި ދިރާގުން އަބަދުވެސް ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މަދަހަ ރަން އަޑު މުބާރާތުގެ ބޭނުމަކީ މަދަހައިގެ ޒަރިއްޔާއިން ކުޑަކުދިންގެ ހިތްތަކުގައި އިސްލާމީ ރޫހު އާލާކުރުމެވެ.

އެމްއެމްއޭސީން ބުނީ މި އަހަރުގެ މަދަހަ ރަން އަޑުގެ މުބާރާތުގައި މުޅި ރާއްޖެއިން 90 ކުދިން ބައިވެރިވާ ކަމަށެވެ.

މި މުބާރާތުގެ މަދަހަތައް ވީޓީވީން ދެއްކުމަށް ހަމަޖެހިފައިވަނީ ރޯދަ މަހުގެ ކޮންމެ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ ހަވީރު 4:15 އިން 4:45 އަށެވެ.