ދިރާގު

ރޯދައަށް ދިރާގުގެ ހާއްސަ އޮފާތަކެއް

Apr 1, 2022

ރޯދަ މަހަށް ހާއްސަކޮށް ދިރާގުން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ދަނީ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދެމުންނެވެ. ދިރާގުން ބުނީ ކަސްޓަމަރުންނަށް ހާއްސަކޮށް އެ ކުންފުނިން މި ރޯދަ މަހު ތައާރަފުކޮށްފައިވާ އެއް އޮފާއަކީ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދޭ އޮފާ ކަމަށެވެ. އެ ގޮތުން މި ރޯދަ މަހު ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު 50 ޕަސެންޓް ޑޭޓާ އެއްވެސް ޗާޖަކާ ނުލާ ދޭނެ އެވެ.

މީގެ އިތުރުން މޮބައިލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އިތުރު 100 ޕަސެންޓް ޑޭޓާ ހިލޭ ލިބޭ އޮފާއަކާއި ހަފްތާ ބަންދުގައި ދެ ޖީބީ ޑޭޓާ ލިބޭ އޮފާއެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާ އެކެވެ.

އަދި އަމިއްލަ ވޮއިސް ޕްލަސް ޕްލޭނުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްލޭނެއްވެސް ތައާރަފުކޮށްފައިވެއެވެ.

މީގެ އިތުރުން ދިރާގު ޓީވީގެ ކަސްޓަމަރުންނަށްވެސް މި ރޯދަ މަހު ހާއްސަ ޕްލޭނެއްގެ ދަށުން ހުރިހާ ޗެނަލްތައް ބަލާލެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މިވަގުތު ކޮންމެ ޕްލޭނެއް ނަގާފައިވާ ކަސްޓަމަރަކަށްވެސް ރޯދަ މަހު ހުރިހާ ޗެނަލްތައް ފެންނާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ގޯލްޑް ކަސްޓަމަރުންގެ -- "ގޯލްޑް ޕެކް" -- މެދުގައި ނަގާ ލަކީޑްރޯއަކުން ހޮވޭ ނަސީބުވެރި ފަސް ފަރާތަކަށް ރޯދަ ވީއްލުމެއް ދިނުމަށް ވަނީ ނިންމާފައެވެ.