ދުނިޔެ

ލަންކާގެ މާލީ ވަޒީރު، ބެސިލް ރާޖަޕަކްސާ ވޮޝިންޓަނަށް

ލަންކާގެ މާލީ ވަޒީރު ބެސިލް ރާޖަޕަކްސަ ވޮޝިންގްޓަނަށް ވަޑައިގަންނަވަނީ އެވެ. ލަންކާ ޚަބަރުތައް ބުނާ ގޮތުން ވަޒީރު އެމެރިކާއަށް ފުރާވަޑައި ގަންނަވާނީ އޭޕްރީލް އަށްވަނަ ދުވަހު އެވެ.

ބެސިލް ރާޖަޕަކްސަ ވޮޝިންގްޓަނަށް ވަޑައި ގަންނަވަނީ އޭޕްރީލް 11 ގައި އިންޓަނޭޝަނަލް މަނީޓަރީ ފަންޑާއެކު މަޝްވަރާ ކުރެއްވުމަށް ކަމަށް ޚަބަރުތައް ބުނެ އެވެ.

ލަންކާގެ މާލީ ވަޒީރުގެ ހައިސިއްޔަތުން ބެސިލްއަށް ވަރަށް ބޮޑު ޒިންމާއެއް އޮވެ އެވެ. ހާއްސަކޮށް ލަންކާއަށް މިވަގުތު ދިމާވެފައި އޮތް މާލީ ނުތަނަވަސް ކަމުގައި ގައުމު ކޮޅަށް ބެހެއްޓުމަކީ ބުރަ ބޮޑު މަސައްކަތަކަށް ވާނެ އެވެ.

ލަންކާއަށް ބޭރު ފައިސާ ވަންނަ އެންމެ ބޮޑު ދޮރޯއްޓަކީ ޓޫރިޒަމް އެވެ. އެހެން ނަމަވެސް ދުނިޔެއަށް 2019 ގައި ލައިގަތް ކޮވިޑާ ހެދި ގައުމު ބަންދުކުރަން ޖެހުމުން ޓޫރިޒަމުން އެކައްޗެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އެކިފަހަރު މަތިން ގައުމަށް ދިމާވި މާލީ ނުތަނަވަސް ކަމުން އަރައިގަތުމަށް ގައުމުތަކުން ބޮޑެތި ލޯނުތައް ނެގުން ވަނީ ވަރަށް ސީރިއަސް ކަމަކަށް ވެފަ އެވެ. ލަންކާ ސަރުކާރުން ބުނާ ގޮތުން ގައުމަށް ބޭނުންވާ ކާބޯތަކެތި ގަނެވޭ ވަރު ވެސް މާލިއްޔަތުގައި މިހާރަކު ނެތެވެ.

ލަންކާއިން ތެޔޮ ހުސްވުމުގެ ސަބަބުން އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަން ވަނީ މަޖުބޫރުވެފަ އެވެ. ބައެއް ސަރަހައްދު ތަކުން އަށްގަޑިއިރަށް ބައެއް ސަރަހައްދު ތަކުން 13 ގަޑިއިރަށް މިހާރު ވަނީ ކަރަންޓް ކަނޑަށް ފަށާފަ އެވެ.

ގައުމަށް ދިމާވެފައި އޮތް ހާލަތަށް ނުރުން ފާޅުކޮށް ސަރުކާރުގެ ނާގާބިލު ކަމަށް ގޮވައި އާންމު މަގުތަކަށް އެއްވެ ބޮޑެތި ގެއްލުން ވަނީ ދީފަ އެވެ. ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި މުޒާހަރާކުރާ މީހުން، އަމަން ބަލަހައްޓާ އޮފިސަރުންނާ ކުރިމަތިލައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާ ވަނީ ލިބިފަ އެވެ.

ބެސިލް ރާޖަބަކްސާ މަޝްވަރާތަކަށް ވަޑައިގެންނެވި ނަމަވެސް، ލަންކާއަށް އެނބުރި ވަޑައި ނުގަންނަވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.