ހަބަރު

ސްނައިޕަރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ލަންކާ ސްނައިޕަރުގެ ބަނދުގެ މުއްދަތް އިތުރުކޮށްފި އެވެ.

ރައީސް ޔާމިން އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހާގެ ބަނދަށް އަނެއްކާވެސް ޖަހައިފާ ވަނީ 15 ދުވަހުގެ މުއްދަތެކެވެ. މިއީ އޭނާ ބަނދަށް 15 ދުވަސް އިތުރުރުކުރި ފަސް ވަނަ ފަހަރެވެ.

ރައީސް ޔާމިން ލޯންޗުކޮޅަށް ދިން ހަމަލާއަށް ފަހު ގިނަ އަދަދެއްގެ ފައިސާ ދީގެން އެމަނިކްފާނު އަވަހާރަކޮށްލަން ލަހިރު މަދުޝަންކަ ރާއްޖެ ގެނެއި ކަމުގެ ތުހުމަތުގައި މިމަހު 17 ގައި ވަނީ ތިން އިތުރު ތިން މީހެއް ވެސް ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ސްނައިޕަރެއް ކަމަށް ފުލުހުން ތުހުމަތުކޮށް ބަނދުގައި ބަހައްޓާފައި ހުރި ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކަގެ ބަނދުގެ މުއްދަތް އިތުރުކޮށްފައިވާ އިރު ލަންކާ އިން އަންނަނީ އޭނާ އަކީ އެއްވެސް އަސްކަރީ ތަމްރީނެއް ލިބިފައި ނުވާ މީހެއް ކަމަށް ބުނަމުންނެވެ. އަދި އެކަމުގައި ގާނޫނީ ގޮތުން އެހީވާނ މި ހަފްތާތެރޭގައި ލަންކާގެ ވަކީލެއްވެސް އައުމަށް ވަނީ ހަމަޖެހިފައެވެ.