މިނިސްޓްރީ އޮފް އެޑިއުކޭޝަން

ރ. އަތޮޅުގެ ދެ ސްކޫލެއްގައި އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

Apr 3, 2022
ރ. އަތޮޅުގެ ދެ ސްކޫލެއްގައި ތިން ބުރީގެ އިމާރާތެއް އެޅުމަށް ސްވިފްޓަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
0%
0%
0%

ރ. އަތޮޅުގެ ދެ ސްކޫލެއްގައި ތިން ބުރީގެ އިމާރާތެއް އެޅުމަށް ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ދެ މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށެވެ.

މި ދެ މަޝްރޫއުގެ ދަށުން ތިން ބުރީގެ އިމާރާތެއް އަޅަނީ ރ. ރަސްމާދޫ ސްކޫލާއި ރ. ފައިނު ސްކޫލުގަ އެވެ.

ދެ ސްކޫލުގެ މަސައްކަތް ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ސަރުކާރާ ހަވާލުކުރަންޖެހެ އެވެ.

ރަސްމާދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 12.8 މިލިއަން ރުފިޔާ އަށެވެ. ފައިނު ސްކޫލު ހަވާލުކުރީ 15.3 މިލިއަން ރުފިޔާ އަށެވެ.

ސްކޫލްތައް، އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް ސަރުކާރުން ގެންދަނީ އެކި ރަށްތަކުގައި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 23 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްލާސްރޫމާއި، ހަ މަލްޓިޕާޕަސް ހޯލް އިމާރާތްކޮށް ނިންމާފައިވެ އެވެ. މީގެއިތުރުން 55 ސްކޫލެއްގައި 473 ކްލާސްރޫމާއި، 27 މަލްޓިޕާޕަސް ހޯލްގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ދިޔައީ ހިންގަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345