މޯލްޑިވްސް ޕޮލިސް ސާވިސް

ނުރައްކާތެރި ދެ ކުށްވެރިޔަކު ހޯދަނީ

Apr 4, 2022
1

ކްރިމިނަލް ކޯޓުގެ ޝަރީއަތަކަށް ހާޒިރު ކުރަން ބޭނުންވާ ނުރައްކާތެރި ދެ ކުށްވެރިޔަކު ހޯދަން އިއުލާނެއް ކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ސ. ހިތަދު، އައްޒާ، މުބާރިކް މުހައްމަދު 31، އާއި ދަފްތަރު ނަމްބަރު އަހްމަދު ޝައިރަފް 27، އެވެ.

މުބާރިކް ހޯދަނީ ކްރިމިނަލް ކޯޓްގައި އޮތް އަނިޔާއެއް ދިނުމާއި ބިރުދެއްކުމުގެ ކުށުގެ މައްސަލައާ ގުޅިގެންނެވެ. ޝައިރަފް ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ތޫނު ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

ކޯޓަށް ހާޒިރުވެފައި ނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މުބާރިކް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންނަށް އަމުރުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ޖަހާއިރު އޭނާ ގެންގޮސް ދޭށެވެ. ޝައިރަފް ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފައި ވަނީ މިމަހުގެ ހަވަނަ ދުވަހުގެ 11:00 ޖަހާއިރަށެވެ.

މުބާރިކަކީ ހަތިޔާރު ގެންގުޅުމުގެ ކުށާއި، މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ. ޝައިރަފަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމުގެ ކުށާއި މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ.