އަފްޣާނިސްތާން

ކާބުލް އެއާޕޯޓްގައި ބޮމެއް ގޮއްވާލައި އެކަކު މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓުގައި ކާރެއްގައި ބޮމެއް ހަރުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އެކަކު މަރުވެއްޖެ އެވެ.

އަފްޣާންގެ އޮފިޝަލުން ވިދާޅުވީ މިހަމަލާގައި ހަތަރު މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް ހޯދުނު މައުލޫމާތުތަކަށް ބަލާއިރު މިހަމަލާ އަމާޒުކޮށްފައިވަނީ ބައިނަލް އަގްވާމީ ފައުޖުތަކަށް ކަމަށް އޮފިޝަލުން ބުނެ އެވެ.

މިއަދު ހެނދުނު ދިން މިހަމަލާގެ ޒިންމާ ތާލިބާނުން ވަނީ ނަގާފަ އެވެ.

މިމަހުގެ ކުރީކޮޅުޗވެސް ތާލިބާނުންވަނީ އަފްގާނުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު މިލިޓަރީ އެއާބޭސް ކަމަށްވާ ބާގްރަމް ކައިރީގައި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އެމެރިކާގެ ހަ ސިފައިން މަރާލާއި ތިން މީހަކު ޒަހަމް ކޮށްލާފަ އެވެ.

އަފްގާން ސިފައިން މިހާރުވެސް ދަނީ ހެލްމަންޑް ޕްރޮވިންސްގެ ސަންގިން އަވަށް ތާލިބާނުގެ ބާރުގެ ދަށަށް ގެންދިޔަ ނުދިނުމަށް ހަނގުރާމަ ކުރަމުންނެވެ.