ކީރިތި ގުރުއާން

ނަބީހުގެ ކުޅަދާނަކަން ފެނި ދުބާއީން ރަނުގެ ފުރުސަތެއް

ދުބާއީގައި މިހާރު ކުރިއަށްދާ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކޮށް އަލްޙާފިޡް އަހްމަދު ނަބީހް މުބާރާތުގެ ފައިނަލް ބުރުގައި ކިޔަވައިފި އެވެ.

ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ބުނީ ނަބީހުގެ ކިޔެވުން އަޑުއަހާފައި ހާޒިރުވެތިބި އެތައް ބައެއްގެ ތައުރީފު ނަބީހް އަށް ލިބިގެންދިޔަ ކަމަށެވެ. އަދި މުބާރާތް އިންތިޒާމްކުރެއްވި ފަރާތުން ނަބީހުއާ ކުރި އިންޓަވިއުގައި ސޫރަތެއްގެ ނަން ބުނުމަށްފަހު އެ ސޫރަތުގެ އާޔަތެއްގެ ނަންބަރު ބުނުމުން ނަބީހު އެ އާޔަތް ކިޔަވާފައިވާ ކަމަށެވެ. އެވަގުތު ނަބީހުގެ އެ ހުނަރު ފެނި އިންޓަވިއު ކުރި ފަރާތުން އަޖައިބުވެ ފެންކަޅިވި ކަމަށެވެ.

މީގެ އިތުރުން ތަފާތު އެކި ރާގުރާގަށް ކިޔެވުން ފަދަ ހުނަރުތައް ނަބީހއ ވަނީ ދައްކާފައެވެ. ނަބީހުގެ އެ ހުނަރުތައް ފެނިފައި ޑުބާއީގެ ރޭޑިއޯ ޗެނަލަކުން ވަނީ އޭނާގެ ކިޔެވުން ރިކޯޑުކުރުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.

ނަބީހއ މިހާރު ހުރީ މި މުބާރާތުގެ ނަތީޖާފާޅުކުރާ ހަފްލާގައި ރާއްޖެ ފަހުރުވެރިވާ ފަދަ ވަނައެއް ހާސިލުކުރުމުގެ ފޮނި އުއްމީދުގައެވެ.