ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ވޭރިއަންޓް ދެނެގަންނަ މެޝިނެއް ހަދިޔާކޮށްފި

Apr 7, 2022
2

ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް ދެނެގަތުމަށް ބޭނުންކުރާ މެޝިނެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.

ކޮވިޑް ވޭރިއަންޓްތައް ދެނެގަތުމަށް އާންމުކޮށް ބޭނުން ކުރަނީ ޖީން ސީކުއެންސް މެޝިނެވެ.

ޑަބްލިއުއެޗްއޯ އިން ހަވާލުކުރި އެ މެޝިނާ ރަމްޒީ ގޮތުން އިއްޔެ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.

ރާއްޖޭން ވެސް ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް ފެނިފައިވާއިރު ރާއްޖޭން ކޮވިޑް ވޭރިއަންޓް ދެނެގަތުމަށް ޓެސްޓް ހަދަމުން ދިޔައީ ބައެއް ގައުމުތަކަށް ސާމްޕަލް ފޮނުވައިގެންނެވެ.

ހެލްތު މިނިސްޓްރީން ބުނީ ޑަބްލިއުއެޗްއޯ އިން ހަދިޔާ ކުރި މެޝިންގެ ސަބަބުން ވޭރިއަންޓް ދެނެގަތުމަށް ހޭދަވާ ވަގުތު އަވަސް ކުރެވި ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވަން ކުރިން ކުރި ހޭދަ ކުޑަވާނެ ކަމަށެވެ.

މި މެޝިނުން އިންފްލުއެންޒާ އާއި ހިމަބިހި ފަދަ ބަލިތައް ފެތުރޭ މިންވަރު ދެނެގަންނާނެ ކަމުގައި ޑަބްލިއުއެޗްއޯ އިން ބުނެ އެވެ.

ރާއްޖޭގައި މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 177،658 މީހަކަށް ކޮވިޑް ޖެހި، 298 މީހުން މަރުވެފައިވެ އެވެ.