ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން އެދިވަޑައިގަތުމުގެ މަތިން ރައީސް ޑރ. އާރިފް އަލްވީ ވަނީ ގާނޫން ހަދާ މަޖިލީސް އުވާލައްވާފަ އެވެ.
މަޖިލީސް އުފާލެއްވި އިރު އިދިކޮޅު ޕާޓީތައް ގުޅިގެން ބޮޑުވަޒީރު މަގާމުން ދުރުކުރަން ހުށަހެޅި މައްސަލަ އޮތީ ބަހުސަށް ތައްޔާރުކޮށްފަ އެވެ.
އިމްރާން ހާންގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ހުށަހެޅި މައްސަލަ ގާނުން ހަދާ މަޖިލީހުގެ ނައިބު ރައީސް, ގާސިމް ސޫރީ ތަޅުމުން ބޭރުކޮށްލީ އެއީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ އެވެ.
އޭނާ ވިދާޅުވި ގޮތުން އިދިކޮޅު ޕާޓީތައް ގުޅިގެން ބޮޑުވަޒީރު މަގާމުން ދުރުކުރަން ކުރަނީ ގާނޫނު އަސާސީގެ ރޫހާ ޚިލާފު މަސައްކަތްތަކެއް ކަމަށެވެ.
މި މައްސަލާގައި ގޮތެއް ނިންމައި ދިނުމަށް އެދި އިދިކޮޅު ޕާޓީތަކުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ބޮޑުވަޒީރާ ދެކޮޅަށް މައްސަލަ ވަނީ ނިންމާފަ އެވެ.
ޕާކިސްތާން ސްޕްރީމް ކޯޓުން ބުނީ ގާނޫންހަދާ މަޖިލީސް އެގޮތަށް އުވައި ނުލެއްވޭނެ ކަމަށާއި، ބޮޑުވަޒީގު އިތުބާރު ނެތްކަން މަޖިލީހުގައި ސާބިތުކުރުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ގާނުންހަދާ މަޖިލީހުގެ ބައްދަލުވުމެއް ހޮނިހިރުގައި އިންތިޒާމްކޮށް ބޮޑުވަޒީރު އާމިރު ހާނަށް އިތުބާރު އޮތްތޯ ބަލަން ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފެ އެވެ.
އިމްރާން ހާންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގައިފި ނަމަ ގާތީ މަގާމު ގެއްލިވަޑައިގަތުމެވެ. އެމަނިކުފާނަށް ގާނޫންހަދާ މަޖިލީޙުގައި އަޣުލަބިއްތަރު މިހާރަކު ނެތެވެ.
ޕާކިސްތާނަކީ 225 މިލިއަން އާބާދީ އޮންނަ ގައުމެކެވެ. އެގައުމުގައި ބޮޑުވަޒީރަކު ހަރުލުމަކީ މިހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ.
އިމްރާން ހާނަށް މަގާމު ގެއްލިވަޑއިގެންފި ނަމަ އަމަލުކުރާނެ ޗާޓެއް އިދިކޮޅުގައި އޮތް ކަމަށް ވެއެވެ. އެހެންކަމުން ވޯޓުން ދާއިމީ ބޮޑުވަޒީރުކު ހޮވެންދެން ވަގުތީ ބޮޑުވަޒީރަކު އައްޔަންކޮށް ސަރުކާރެއް އެކުލަވާލާނެ އެވެ.
ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން އާންމު އިންތިހާބެއް ބޭއްވޭނީ އަހަރުގެ ފަހުކޮޅެވެ. ހާލަތު ދިމާވާ ގޮތުން އަންނަ އަހަރުގެ ތާރީޚަކަށް ފަސްކުރަން ޖެހުމަކީ ވެސް އޮތް ފުރުސަތެކެވެ.