މޯލްޑިވްސް ޕޮލިސް ސާވިސް

ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރި މީހަކު ހޯދަނީ

Apr 9, 2022
2

ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ގއ. ވިލިނގިލި، އޮޅުތިލަގެ، ސައުފުﷲ އަދުނާން (23އ) އެވެ.

ފުލުހުން ބުނީ ސައުުފުﷲ އަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ. އެހެންވެ އޭނާ ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ސައުފުﷲ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ ގޮތް ނުވެގެންނެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ޖެހެނީ މާދަމާ މެންދުރު 12:00 ޖަހާއިރަށެވެ.

ފުލުހުން ވަނީ ސައުފުﷲއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެ މައުލޫމާތު ލަސްނުކޮށް ހިއްސާކޮށްދިނުމަށް އެދިފަ އެވެ.