އިދިކޮޅު ފަރާތްތައް

ޕީޕީއެމްގެ ދަރުހަށް ހުއްދަ ނުދިން މައްސަލަ މަޖިލީހަށް

ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން: ޕީޕީއެމްގެ ދަރުހަށް ހުއްދަ ނުދިން މައްސަލަ މަޖިލީހަށް ވަނީ ހުށައަޅާފައި -- ފޮޓޯ: އަވަސް
100%
0%
0%

ކިންގް ސަލްމާން މިސްކިތުގަައި ދަރުސް ދިނުމަށް ދިނުމުގެ ހުއްދަ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނުދިން މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ. މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމާއި ޕީއެންސީއަކީ ރޯދަ މަހުގެ ރޭތައް އިހުޔާކޮށް ދިރުވުމުގެ ޕްރަގްރާމް ގަވާއިދުން ހިންގަމުންދާ ދެ ޕާޓީ ކަމަށާ މި ރޯދަ މަހު މިސްކިތްތަކުގައި ދަރުސްތައް ބޭއްވުމުގެ ހުއްދަ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމެވުމުން އެކަމުގެ ހުއްދައަށް އެދި ޕީޕީއެމުން ސިޓީ ފޮނުވި ކަމަށެވެ.

މި ސިޓީއާ ގުޅިގެން މިސްކިތްތަކުގައި ސިޔާސީ ޕާޓީތަކުގެ ލޯގޯ ޖަހައިގެން ދަރުސް ތައް ބޭއްވުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ފޯނުން ގުޅުއްވާ ވިދާޅުވި ކަމަށާ ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު އަދާލަތު ޕާޓީން ޝަހީދު އަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ބާއްވާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަކީ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވެފައި އަދި ސިޔާސީ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދެއްވުމަށް ނިންމެވި ކަމަށް ވިދާޅުވުމަށް ފަހު އަދާލަތު ޕާޓީއަށް އެ ފުރުސަތު ދިނުމުން ވަނީ ސުވާލު އުފައްދާފައެވެ.

".. ވީމާ ޕީޕީއެމުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށްވެސް ޖަވާބު ނުދެއްވުމާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުންތައްް ގެންގުޅުއްވަނީ ކީއްވެގެންތޯ އާއި ދީނީ ދަރުސް ދިނުމަށް މިސްކިތްތައް ދޫކުރާ އުސޫލެއް ކަނޑައަޅާފައިވޭތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ބައްލަވައި ދެއްވުން އެދެމެވެ،" އާދަމް ޝަރީފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މި ރޯދަމަހާ ދިމާކޮށް އަދާލަތު ޕާޓީން ގެންދަނީ ޝަހީދު އަލީ މިސްކިތުގައި ދަރުސްތައް ބާއްވަމުންނެވެ. ދަރުސް ދޭއިރު ފަހަތުގައިވާ ބެކްޑްރޮޕްގައި އަދާލަތު ލޯގޯ ޖަހާފައިވެއެވެ. މި ސިލްސިލާގެ ދަރުސްތަކުގެ ތެރެއިން ދަރުހެއް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲވެސް ދެއްވާފައިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345