ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 655 މީހަކު ކޮވިޑަށް ޕޮޒިޓިވް

ކޮވިޑް ސާމްޕަލް ނެގުން: މިދިޔަ ހަތް ދުވަހު ބަލި ޖެހުނީ 665 މީހަކަށް --
0%
0%
0%

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް 665 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ހާމަ ކުރަމުން ގެންދިއުމަށް ފަހު 24 ގަޑިއިރުގެ ކޮވިޑް ނަންބަރު ހާމަ ކުރުން ހުއްޓާލީ ރާއްޖޭގައި އިއުލާނު ކޮށްފައިވާ އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ނިމުން ގެނައުމާއި ގުޅިގެން މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރީންނެވެ. ސިއްހީ ކުއްލި ނުރައްކާ އުވާލާފައިވަނީ ދެ އަހަރަށް ފަހު އެވެ.

މީގެ އިތުރުން މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަަށް ވަނީ ގެނެސްފަ އެވެ.

މިދިޔަ ހަފުތާގެ މައުލޫމާތު ހިމަނާ އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް 665 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މުއްދަތުގައި މި ބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 91 މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. ބާކީ ތިބި 482 މީހުން ނިސްބަތް ވަނީ އަތޮޅުތަކަށެވެ. އެހެން ކަމުން މާލެ ސަރަހައްދުގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވްވީ ރޭޓް ހުރީ 11 ޕަސެންޓްގައެވެ. އަތޮޅުތަކުގައި އެ ނިސްބަތް ހުރީ 89 ޕަސެންޓްގައެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހިފައިވަނީ 178،313 މީހަކަށެވެ. މުޅި ރާއްޖެއިން 298 މީހަކު ކޮވިޑްގައި މަރުވެފައިވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910