ހަބަރު

ފީއަލީގައި ދިރާގު ޓީވީ އާއި އިންޓަނެޓްގެ ހިދުމަތް ފަށައިފި

ދިރާގުން ފ. ފީއަލީގައި ދިރާގު ޓީވީއާއި އިންޓަނެޓްގެ ހިދުމަތް އިފްތިތާހް ކުރުން -- ފޮޓޯ ދިރާގު
0%
0%
0%

ދިރާގުގެ ހައި ސުޕީޑް އިންޓަނެޓާއި ޓީވީގެ ހިދުމަތް ފ. ފީއަލީގައި ތައާރަފު ކޮށްފި އެވެ.

މި ދެ ހިދުމަތް އެ ރަށުގައި އިފްތިތާހު ކުރީ އޮފާ ތަކަކާއެކު އެވެ. އޮފާ ތަކުގެ ތެރޭ ދިރާގު ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތަައް އެދޭ މީހުނަށް ހިލޭ ފައިބާ ގުޅައި ދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ރައުޓާ ދިނުން ހިމެނެ އެވެ.

ދިރާގުން ބުނަނީ ދިރާގު ޓީވީއަށް އެދޭ ފަރާތްތަކަށް ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޑީކޯޑާރު ވެސް ދޭނެ ކަމަށާއި އަދި މިހާރު ފީއަލީ ރައްޔިތުންނަށްް އެންމެ މަގުބޫލު ޓީވީ އާއި މުނިފޫހި ފިލުވުމުގެ ކޮންޓެންޓް އެއް ޕްލްޓްފޯމަކުން ބަލައިލެވޭނެ ކަމަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތަކީ ރާއްޖޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ އެފަދަ އެއް ހިދުމަތެވެ. ރާއްޖޭގެ 82 ޕަސެންޓް ގޭބީސީ ތަކަށް އެ ހިދުމަތް ފޯރުކޮށްދީފައި ވެއެވެ.

އަދި 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބްރޯޑްކާސްޓިން ފޯރުކޮށްދޭ ރާއްޖޭގެ އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345