ހިޔާ ޓަވަރު 11 ގައި ގާއިމުކޮށްފަައިވާ މެނޭޖްމަންޓް އޮފީހުން ފްލެޓް ކުލި ބަލައިގަންނާނެ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
އެޗްޑީސީ އިން ބުނީ މާދަމާއިން ފެށިގެން ހިޔާ ޓަވަރު 11 ގައި ގާއިމުކޮށްފަައިވާ މެނޭޖްމަންޓް އޮފީހުން ހިޔާ ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށެވެ.
އޭޕްރީލް ފުރަތަމަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަންނަން ވަނީ ފަށާފައެވެ. އެ ގޮތުން އޮންލައިން "ޕޭމަންޓް ޕޯޓަލް" އާއި އެޗްޑީސީ ކަލެކްޝަން ކައުންޓަރުންވެސް ކުލި ބަލައިގަންނާނެ އެވެ. އެޗްޑީސީގެ "މައިހުޅުމާލެ" ވެބް ޕޯޓަލް އިން ލޮގިން ކުރުމަށް ފަހު ފްލެޓަށް ފައިސާ ދެއްކޭނެ ކަމަށާ ނަމަވެސް އޮންލައިންކޮށް މި ވަގުތު ފައިސާ ދެއްކޭނީ ބެންކް އޮފް މޯލްޑިވްސްގެ ކާޑުން އެކަނި ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން އެޗްޑީސީގެ މައި އޮފީހުން ހިޔާ ފްލެޓްގެ ކުލި ބަލައިގަންނަން ވަނީ ހާއްސަ ކަައުންޓަރެއް ބަހައްޓާފައެވެ. އެ ކައުންޓަރުން ނަގުދު ފައިސާ އާއި ޗެކް އަދި ކާޑު މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ އެވެ.
ޔާ ފްލެޓަށް ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ ދައްކަންޖެހެ އެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާއިރު މިދިޔަ މަހުގެ ނިޔަލަށް ކުލި ނަގާފައެއް ނުވެއެވެ.
ފްލެޓް ތަކުގައި ދިރިއުޅޭ މީހުންގެ ފެނާއި ކަރަންޓް ބިލަށް ވެސް ކުރިން ލުއި ދީފައިވެ އެވެ. އަދި ކުންޏަށްވެސް ސަރުކާރުން މިވަގުތު އެއްވެސް ފީއެއް ނުނަގަ އެވެ.