އިމްޕޯޓް އެކްސްޕޯޓް

މިދިޔަ މަހު 125 މިލިއަން ރުފިޔާގެ ރޯމަސް ބޭރުކޮށްފި

Apr 16, 2022
1

މިދިޔަ މާޗް މަހު ރާއްޖޭން ތައިލެންޑަށް 115 މިލިއަން ރުފިޔާގެ ރޯމަސް ބޭރުކުއިރު ރާއްޖޭގެ ޖުމްލަ އެކްސްޕޯޓް 125 މިލިއަން ރުފިޔާ އަށް އަރަ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހު ރާއްޖޭގެ އެކްސްޕޯޓުގެ 49 ޕަސެންޓް ހިއްސާކޮށްފައިވަނީ ތައިލެންޑެވެ. އެ ގައުމަށް ރާއްޖޭން އެވްރެޖު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ ރޯމަހެވެ. މިދިޔަ މަހު 115 މިލިއަން ރުފިޔާގެ މަސް ވަނީ ބޭރުކޮށްފަ އެވެ.

މިދިޔަ މަހު ރާއްޖޭން ޖުމްލަ 125 މިލިއަން ރުފިޔާގެ ރޯމަސް ވަނީ އެކްސްޕޯޓް ކޮށްފަ އެވެ.

މަހުގެ އެހެން ބާވަތްތަކުގެ އެކްސްޕޯޓް

  • ކެލޯ ފިން ޓޫނާ ޗަންކް: 10 މިލިއަން
  • ދަޅު މަސް: 13 މިލިއަން ރުފިޔާ
  • ކެލޯ ފިން (ގަނޑުކުރި) 16 މިލިއަން
  • ކަންނެލި 26 މިލިއަން ރުފިޔާ

ރާއްޖޭން މިދިޔަ މަހު 26 މިލިއަން ރުފިޔާގެ މަސް ވަނީ ތައިލެންޑަށް އެކްސްޕޯޓް ކޮށްފަ އެވެ. އެ ގައުމަކީ ރާއްޖޭން އެންމެ ގިނައިން ދެވަނައަށް އެކްސްޕޯޓް ކުރި ގައުމެވެ. ދެން ހިމެނޭ މޮރިޝަސް އަށް 21 މިލިއަން ރުފިޔާ އަދި ޖަރުމަނަށް 11 މިލިއަން ރުފިޔާގެ މަސް ބޭރު ކޮށްފައިވެ އެވެ. މީގެ އިތުރުން އަވަށްޓެރި އިންޑިއާއަށް ވެސް 10 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

މިދިޔަ މަހާ އަޅާބަލާއިރު މިމަހުގެ އެކްސްޕޯޓް މަތިވާނެ ކަމަށް ވަނީ ބެލިފަ އެވެ. ސަބަބަކީ ރާއްޖެއަށް އާދަޔާ ހިލާފަށް މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެ ބާނާ މަހުގެ އަދަދު އިތުރުވެފައިވުމެވެ.