އެޗްޑީސީ

އެޗްޑީސީން ނީލަމެއް، ފެށޭ އަގު ދެ ލައްކަ

އެޗްޑީސީގައި ހުރި ބައެއް ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ނިންމައިިފި އެވެ. އެޗްޑީސީން ބުނީ ގިނަ ދުވަސްވެ ބާވެ ހަލާކުވެފައިވާ ބައެއް މުދާ ނީލަން ކިއަން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެމްއެސްއޯ ސައިޓުގައި ހުރި ބާ ދަނގަޑާއި ޓިނާއި ހޮޅި އަދި ދަނގަޑު ސްޓްރަކްޗާ ބެރީގެ އިތުރުން ޖެކުތައް ނީލަން ކިޔަން ވަނީ ނިންމާފަ އެވެ. އަދި ދެ ޓްރެކްޓަރާއި ތިން ޑަންޕު ލޮރީގެ ބޮޑު ބައިތަކާއި ސައިޓުގައި ހުރި އެހެނިހެން ދަނގަޑުގެ ސާމާނުތައް ވެސް ވިއްކާލާނެ އެވެ.

ނީލަން ފެށޭ އަގަކީ 200،000 ރުފިޔާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ނީލަން ކިއާ ތަކެތި ބަލަން ބޭނުންވާ މީހުންނަށް ނީލަން ކިއާ ތަކެތި ދެއްކުމާއި މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ އެ ކޯޕަރޭޝަންގެ މުނިސިޕަލް ސައިޓްއަށް ހާޒިރުވާ މީހުނާއެކު މިއަދު ހެނދުނު ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި ލިސްޓު ކުރެވިފައިވާ އެއްވެސް އުޅަނދެއް ރަޖިސްޓްރީ ބަދަލު ނުކުރެވޭނެ ކަމަށެވެ.