އެމްއޭސީއެލް

އެމްއޭސީއެލްގެ އެމްޑީއަކަށް މަހުޖޫބު

Apr 18, 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓު (އެމްޑީ) ގެ މަގާމަށް މަހުޖޫބު ޝުޖާއު ހަމަޖައްސައިފި އެވެ.

ވީއައިއޭގެ ބައެއް ކަންކަން ވިލަރެސް ކުރެއްވުމުގައި ވެސް އިސްކޮށް އުޅުއްވި، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު، އެމްއޭސީއެލް ހިންގުމާ ހަވާލު ކުރެއްވިކަން ވަނީ ކޯޕަރަޓައިޒޭޝަން ބޯޑުން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

މަހުޖޫބްއަކީ ވީއައިއޭ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އެމްއޭސީއެލް އިން ދާދިފަހުން ވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ އައްޔަން ކޮށްފަ އެވެ.