މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީ ޔޫތު ވިންގުން ކުޅިވަރު މުބާރާތްތަކެއް

Apr 19, 2022

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޔޫތު ވިންގެ ފަރާތުން މި ރޯދަ މަހު ކުރިއަށް ގެންދާ ކެރަމް އާއި ޗެސް އަދި ޕީއެސް 5 ފީފާ މުބާރާތް ފޯރީގައި ކުރިއަށްދާ ކަމަށް އެ ވިންގުން ބުނެފި އެވެ.

ކޮންމެ މުބާރާތެއްގެ އެއްވަނަ ހޯދާ ބައިވެރިއަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މިމުބާރާތްތައް ކުރިޔަށް ދާނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށެވެ. މިމުބާރާތްތަކުގެ ތެރެއިން ޕީއެސް 5 ފީފާ މުބާރާތް ކުރިޔަށްދަނީ ހަވީރީ ހިނގުމުގައި ހުންނަ އެމްއެންޕީ ޔޫތު ލައުންޖްގައެވެ. ކެރަމް އަދި ޗެސް މުބާރާތް ކުރިޔަށްދަނީ ސިއްތިމާވާ ހިނގުމުގައި ހުންނަ އެމްއެންޕީގެ ޖަގަހަ އެވެ.

ނޮކް އައުޓް އުސޫލުން ކުޅޭ މިމުބާރާތް 31 ބައިވެރިންނާއެކު ކުރިޔަށްދާއިރު މިހާރު ކުޅެވެމުން ދަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗްތަކެވެ. މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.

އެމްއެންޕީ ޕީއެސް 5 ފީފާ މުބާރާތަކީ މިގޮތަށް ބޭއްވޭ ދެވަނަ މުބާރާތެވެ.

ރައުންޑް ރޮބިން އުސޫލުން ކުރިޔަށްދާ އެމްއެންޕީ ޗެސް މުބާރާތް ވަނީ މިމަހުގެ 17 ވަނަ ދުވަހު ފަށާ ގިނަ މެޗްތަކެއް ކުޅެފައެވެ. މިމުބާރާތުގައި 23 ކުޅުންތެރިން ބައިވެރިވެއެވެ. ޗެސް މުބާރާތުގެ ފަހު މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެމްއެންޕީ ޖަގަހައިގައެވެ.

އެމްއެންޕީ ކެރަމް މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުގެ ރޭ ނޮކްއައުޓް އުސޫލުންނެވެ. މިމުބާރާތުގައި 19 ޓީމެއްގެ ޖުމްލަ 38 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.