ރައީސް އޮފީސް

ރަސްމީ ބަންދު ލިސްޓަށް ބަދަލެއް

2022 ވަނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް މެއި މަހުގެ ފަސްވަނަ ދުވަސް އިތުރުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި މި އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް މެއި މަހުގެ ފަސްވަނަ ދުވަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިތުރުކުރައްވާފައިވާ ކަމަށެވެ.

މީގެ ކުރީން ޖުލައި މަހުގެ 13 ވަނަ ދުވަސް އަދި ޖުލައި މަހުގެ 14 ވަނަ ދުވަހާއި ޖުލައި މަހުގެ 28 ވަނަ ދުވަސް އެއީ ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

މެއި މަހުގެ ފަހެއްވާ ބުރާސްފަތި ދުވަސް ބަންދު ކޮށްފައިވަނީ ފިތުރު އީދާ ގުޅުވައެވެ. ކަލަންޑަރު ބުނާ ގޮތުން ފިތުރު އީދު ދުވަހަކީ މެއި މަހުގެ ދެވަނަ ދުވަހު އެވެ. ފިތުރު އީދާ ގުޅުވާ މެއި ދެއަކުން ހަތަރަކަށް ބަންދުކޮށްފައިވާއިރު މެއި ފުރަތަމަ ދުވަހަކީވެސް ރަސްމީ ބަންދު ދުވަހެކެވެ. އެއީ މަސައްކަތްތެރިންގެ ދުވަހެވެ.

އެ ހަފްތާގައި ރަސްމީ ދުވަހަކަށް ވަނީ ބުރާސްފަތި ދުވަސް އެކަނި ކަމަށްވުމުން މުވައްޒިފުންގެ ފަސޭހައަކަށް ބަންދު ދުވަހެއްގެ ގޮތުގަައި ހަމަޖެއްސެވީއެވެ.