އިމްތިޔާޒު ފަހުމީ

ފާދިއްޕޮޅު ދަތުރުން އިންތިހާބުގެ ނަތީޖާ ސާފުވެއްޖެ: އިންތި

ފާދިއްޕޮޅުގެ ކެމްޕެއިން ދަތުރުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ނަތީޖާ ސާފުވެއްޖެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ. ތާއީދު ހޯދުމަށް އިމްތިޔާޒްގެ ކެމްޕެއިން ޓީމުން އިއްޔެ ވަނީ ފާދިއްޕޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ.

އެ ގޮތުން ނައިފަރާއި ހިންނަވަރާއި ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަނީ ވަޑައިގެންފައެވެ.

ފާދިއްޕޮޅު ދަތުރާއި ގުޅޭގޮތުން އިމްތިޔާޒް ވިދާޅުވީ ފާދިއްޕޮޅުގެ ކެމްޕެއިން ދަތުރުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ނަތީޖާ ސާފުވެއްޖެ ކަމަށެވެ. އަދި އަދި އެ ދާއިރާގެ އެމްޑީޕީގެ މެންބަރުން ޕާޓީއާމެދު ވަރަށް ބޮޑު އުންމީދެއް ކުރާ ކަމަށެވެ. ވިންދު ހުރިހާ ހިނދަކު އެ އުންމީދުތައް ހާސިލުކޮށް ދިނުމުގައި ދެމި ހުންނަވާނެ ކަަމަށްވެސް ވިދާޅުވިއެވެ.

"ފާދިއްޕޮޅުން މި އިންތިޚާބުގެ ނަތީޖާ އަޅުގަނޑުމެންނަށް އަދި މާބޮޑަށް ސާފުވެއްޖެ. ޅ. އަތޮޅު އެމްޑީޕީ މެމްބަރުން މިޕާޓީއާ މެދު ކުރާ ބޮޑު އުއްމީދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިންދު ހުރިހައި ހިނދަކު ބޭކާރުވިޔަކަ ނުދޭނަން،" އިމްތިޔާޒް ފަހްމީ ވިދާޅުވިއެވެ.

އިމްތިޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީ އަށް ކޮންމެ ގޮތެއްވި ނަމަވެސް ވަރިހަމަ ބަޔަކު އެ ޕާޓީގައި މިއަދު އެބައުޅޭ ކަމަށެވެ. އެކަމަކު އެމްޑީޕީ ދެބައިވެ ޕާޓީއަށް ގެއްލުންވާ ގޮތަށް ކަންކަން ކުރަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެންމެ ފޯރިގަދައީ ޗެއާޕާސަންގެ މަގާމެވެ. އިމްތިޔާޒުއާ އެކު އެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.