ޕީޕީއެމް

ރައީސްގެ ގަރާރު ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފި

އިދިކޮޅު ކޯލިޝަންގެ "އިންޑިއާ އައުޓް" ހަރަކާތެއް: ރައީސްގެ ރިޔާސީ ގަރާރު ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފައި
0%
0%
0%

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނު ހުއްޓުވަން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރު ބާތިލްކޮށްދިނުމަށް އެދި އެ ކޯލިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ ކޯލިޝަނުން މިއަދު ބުނީ ރައީސްގެ އެ ގަރާރަކީ ގާނޫނޫ އަސާސީއާ ހިލާފު އަދި ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފައިވާނެ ކަމަށެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެހެންކަމުން މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ރައީސްގެ ގަރާރުގައި ވަނީ އަންގަވައިފަ އެވެ.

މިދިޔަ ބުރާސްފަތު ދުވަހު ރައީސް ނެރުއްވި ގަރާރަށް ހަވާލާދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި އަމަންއަމާކަން ނަގާލަމުން އަންނަނީ އިދިކޮޅުން ނޫން ކަމަށާއި އެކަން ކުރަމުން އަންނަނީ އިންޑިއާ އިން ކަމަށެވެ. ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތީ އިންޑިއާގެ ފުށުން ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ފުލުހުން މިހާރު އަންނަނީ މަގުމަތިންނާއި މަގުމައްޗަށްވާ ގޮތަށް ގޭގެއާ އަދި އެހެން ތަންތަނުގައި ހަރުކޮށްފައިހުރި "އިންޑިއާ އައުޓް" ޖަހައިފައިހުރި ބެނާތައް ނަގަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345