ސިވިލް ކޯޓް

ރިޔާސީ ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އިދިކޮޅުން ހިންގާ އިންޑިއާ ހަރަކާތް: ރިޔާސީ ގަރާރުގެ މައްސަލަ ސިވިލް ކޯޓުން ވަނީ ބޭރުކޮށްލާފައި --
0%
0%
0%

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނު ހުއްޓުވަން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރު ބާތިލްކޮށްދިނުމަށް އެދި އެ ކޯލިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރައީސް ނެރުއްވި ގަރާރަކީ ބާތިލް ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށް އިދިކޮޅު ކޯލިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ މަހުގެ 27 ވަނަ ދުވަހު އެވެ.

އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައިވަނީ ޕީޕީއެމްގެ ވަކީލުން ޝަރީއަތަށް ހާޒިރުނުވުމުންނެވެ. އަދި ހާޒިރުނުވެވޭނެ ވަކި ސަބަބެއް ވެސް އަންގާފައި ނުވާ ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެހެންކަމުން މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް ރައީސްގެ ގަރާރުގައި ވަނީ އަންގަވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345