ފިޠުރު އީދު ނަމާދު މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ކުރާ ތަންތަނުގެ އިތުރުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ 27 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ފިޠުރު އީދު ނަމާދު ކުރުމަށްޓަކައި މިނިސްޓްރީން ވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ފިޠުރު އީދުގެ ބޮޑު ޖަމާއަތް ހެދުމަށްޓަކައި ތިން މައިދާނެއް ހަމަޖައްސާފައިވެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭ 27 މިސްކިތެއްގައި އީދު ނަމާދު ކުރާނެ އެވެ.
އީދު ނަމާދު ކުރާ މިސްކިތްތައް
- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
- މަސްޖިދު މަލިކި ސަލްމާން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
- މަސްޖިދުލް ފުރްޤާން
- މަސްޖިދުއް ނޫރު
- މަސްޖިދުއް ޝަހީދު ޢަލީ
- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
- މަސްޖިދު އިސްކަންދަރު
- ވަގުތީ މިސްކިތް (ބޮޑުގެ)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
- މަސްޖިދު ޢަފީފުއްދީން
- ޒިޔާރަތް މިސްކިތް
- މަސްޖިދުލް ބިއްރި (ވިލިމާލެ)
- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
- މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
- މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
- މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
- މަސްޖިދުއް ސަބީލް (ހުޅުލެ)
- މަސްޖިދުލް އިންތިޞާރު (ހުޅުލެ)
އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ހެދުމަށް ކަނޑައެޅިފައިވާ ތިން ސަރަހައްދުގައި އީދުގެ ބޮޑު ޖަމާއަތް ނުބޭއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އާންމު ގޮތެއްގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ.