އިންފްލޭޝަން

މާޗު އިންފްލޭޝަން 0.29 ޕަސެންޓް މަތި

May 4, 2022

މިދިޔަ މާޗު މަހު ރާއްޖޭގެ އިންފްލޭޝަން 0.29 ޕަސެންޓް އުފުލިފައިވާ ކަމަށް ސްޓެޓިސްޓި މޯލްޑިވްސް އިން ބުނެފި އެވެ.

ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް އާއްމު ކުރަން މިއަދު ނެރުނު ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 0.29 ޕަސެންޓުގައި ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ހުރިއިރު މިިދިޔަ މަހު މި އަދަދު ހުރީ 0.34 ޕަސެންޓުގަ އެވެ. އަދި މަހުގެ އަގުތަކަށް އައި ބަދަލު ނުހިމަނައި ބަލާނަމަ އިންފްލޭޝަން ރޭޓް ހުރީ 0.25 ޕަސެންޓުގަ އެވެ. ފެބްރުއަރީ މަހު ހުރީ 0.33 ޕަސެންޓުގަ އެވެ.

އަގު މަތިވި ބައިތައް

  • ތެލުގެ ބައިން: 15.85 ޕަސެންޓް
  • މޭވާގެ ބައިން 4.11 ޕަސެންޓް
  • މަހުގެ ބައިން 1.12 ޕަސެންޓް
  • ބޭހުގެ ބާވައްތަކުން 1.49 ޕަސެންޓް
  • މޮބައިލް ފޯނުގެ މުވާސަލާތީ ހިދުމަތުގެ ބައިން 1.15 ޕަސެންޓް
  • ވައިގެ މަގުން ކުރާ ދަތުރުތަކުގެ ބައިން 0.44 ޕަސެންޓް
  • އެއްގަމު ދަތުރުތަކުގެ ބައިން 2 ޕަސެންޓް
  • ތަރުކާރީގެ ބައިން 0.39 ޕަސެންޓް
  • އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރާއި ދޫނި ފަދަ ތަކެތީގެ ބައިން 8.68 ޕަސެންޓް
  • ކަނޑު ގެ ދަތުރުފަތުރު ބައިން 0.70 ޕަސެންޓް

މި ހިސާބުތައް ދައްކާ ގޮތުގައި އެންމެ ބޮޑަށް އަގު މަތިވެފައިވަނީ ތެލުގެ ބައިގެ އަގުތަކެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާއެކު އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގަށް ތިން ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވެ އެވެ. މި ބަދަލާއެކު މިދިޔަ މަހު ތެލުގެ އަގު ވަނީ 15.85 ޕަސެންޓް އުފުލިފަ އެވެ.

އަގު ދަށްވި ބައިތައް

  • އަންނައުނުގެ ބައިން 0.94 ޕަސެންޓް
  • ވީޑިއޯއާއި އޯޑިއޯ ރެކޯޑްކުރުމާއި ޖެހުމަށް ބޭނުންކުރާ އާލާތްތަކުގެ ބައިން 1.82 ޕަސެންޓް
  • ކޮންޓެކްޓް ލެންސްއާއި ސޮލިއުޝަންގެ ބައިން 1.53 ޕަސެންޓް
  • ގޯތިގެދޮރުގައި ބޭނުންކުރާ ހަރުމުދަލުގެ ބައިން 0.68 ޕަސެންޓް
  • ޒީނަތްތެރިވުމަށާއި އެހެނިހެން އަމިއްލަ ބޭނުމަށް ބޭނުންކުރާ ސާމާނުގެ ބައިން 0.17 ޕަސެންޓް
  • ގޭގަ ކުލީގެ ބައިން 0.06 ޕަސެންޓް
  • ފަރުނީޗަރުގެ ބައިން 0.45 ޕަސެންޓް
  • ގޭބީސީގައި ކަރަންޓު ން ބޭނުންކުރާ ކުދި އާލާތްތައްތަކު ގެ ބައިން 1.45 ޕަސެންޓް

އަގު ދަށްވި ބައިތަކުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ގޭގެ ކުލިތަކެވެ. މިހިސާބުތައް ދައްކާ ގޮތުން ގޭގެ ކުލިތައް ވަނީ 0.06 ޕަސެންޓް ދަށްވެފަ އެވެ.