ފިނޭންސް މިނިސްޓްރީ

ޕޭ ހާމަނައިޒޭޝަން ނިމުމުން މުސާރައިގެ ކުރިއެރުން ލިބޭނެ: ފިނޭންސް

May 8, 2022
1

ދައުލަތުގެ މުސާރަތައް ދިރާސާކުރުމަށް ކުރިއަށް ގެންދާ ޕޭ ހާމަނައިޒޭޝަން ޕްރޮގްރާމް ނިމުމުން ޔުނިވަސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަތައް ވެސް ހިމެނޭ ގޮތަށް ސަރުކާރު މުވައްޒަފުންގެ މުސާރަތަކަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނެފައި މިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓީޗަރުންގެ މުސާރަތައް ބޮޑުކުރިއިރު ލެކްޗަރާއިންގެ މުސާރަތައް ބޮޑުކޮށްފައި ނުވާތީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއިން މިއަދު އެކަމާ ދެކޮޅަށް އިހްތިޖާޖުކޮށްފައި ވަނިކޮށް ނެރެފައިވާ ބަޔާނެއްގަ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ހާމަނައިޒު ކުރުމަށްފަހު ހުރިހާ ދާއިރާތަކެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ.

އެއްހަމަކުރެވިފައިވާ ޕޭ ފްރޭމްވާކެއް ހެދުމަކީ ސަރުކާރުގެ ޕްލޭންގައި ހިމެނޭ މުހިއްމު ސިޔާސަތެއް ކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އާ ޕޭ ފްރޭމްވާކަށް އަމަލުުކުރަން ފެށުމުން މުސާރަތަކާއި އިނާޔަތްތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެއީ ހެޔޮ ބަދަލުތަކަކަށް ވާނެ ކަމަށްވެސް ޔަގީންކޮށްދީފައިވެ އެވެ. އާ އޮނިގަނޑާ އެކު އެއް މަގާމެއްގައި ތިބޭ މީހުންނަށް އަސާސީ މުސާރަ ތަފާތުކޮށްގެން ނުދޭނެ ކަމަށާއި އެ ތަފާތުތައް ނައްތާލުމަށް ކުރާ މަސައްކަތްތަކަކީ ދިރާސާތަކެއްގެ ތެރެއިން އަދި މަރުހަލާތަކެއްގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ ޓީޗަރުންގެ މުސާރަ އެކަނި ބޮޑުކުރުމަށްފަހު ޕޭ ހަމަނައިޒޭޝަން ޕްރޮގްރާމް ނިންމާނުލާނެ ކަމަށާއި ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕޭ ހާމަނައިޒް ކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވެސް ވަނީ ދައުލަތުގެ މުސާރަތައް ހާމަނައިޒް ކުރުމުގެ މަސައްކަތް ކުރާ ކަމަށާއި ތައުލީމީ ދާއިރާއަށް ފަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތައް މިހާރު ދިރާސާ ކުރަމުން ގެންދާ ކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާ އެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ރުފިޔާ އަށް ވުރެ ބޮޑު ވާނެ އެވެ. ރޭންކް އެކެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 29،445 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 16،214 ރުފިޔާ އެވެ. މިއީ 82 ޕަސެންޓްގެ ކުރިއެރުމެވެ.

ރޭންކް ދޭއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 31،816 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 20،049 ރުފިޔާ އެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 34،103 ރުފިޔާ ލިބޭނެ އެވެ.

ރޭންކް އެކެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 22،273 ރުފިޔާ ލިބޭއިރު ރޭންކް ދޭއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 24،941 ރުފިޔާ ލިބޭނެ އެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 27،590 ރުފިޔާ