މޫސާ ޒަމީރު

ރާއްޖެ ދަރަނިވެރިވުމަށް އޮތް ހާލަތުން އަރައިގަނެވިއްޖެ: ޒަމީރު

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެ ދަރަނިވެރިވުމަށް އޮތް ހާލަތުން އަރައިގަނެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.

އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދަރަންޏަކީ މިދިޔަ އެމްޑީޕީ ސަރުކާރުގެ ދަރަނި ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ޑިއުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ އަދި ރައްޔިތުންނަށް ހިދުމަތް ދޭން މަސައްކަތް ކޮށްފިނަމަ އައިއެމްއެފް ރިޕޯޓްގައި އޮތް ގޮތަށް އަޅުގަނޑުމެން ބަނގުރޫޓު ވާނެ،" މޫސާ ޒަމީރު ވިދާޅުވި އެވެ.

މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތުން އެ ހާލަތުން ރާއްޖެ އަރައިގަނެފައިވާ ކަމަށެވެ.

"އެކަމަކު މިހާރު ރައީސް އެ ސިނާރިއޯއިން އިރާދަކުރެއްވިއްޔާ ރާއްޖެ ނެރެ ރިވެނިއު ސްޓްރީމްތައް ރަނގަޅުކޮށް އަދި އޭގެއިތުރުން ހަރަދުތައް ރޭޝަނަލައިޒްކޮށް ހަމަ އެއާއެއްކޮށް އަޅުގަނޑުމެން ދައްކަންޖެހޭ ބައެއް ދަރަނިތަކުގެ މުއްދަތުތައް އިތުރުކޮށް ބައިލެޓްރަލީ މަސައްކަތް ކުރައްވައިގެން ރަހުމަތްތެރި ގައުމުތަކާއެކު މަސައްކަތް ކުރައްވައިގެން އެ ހުރިހާ ކަމެއް މިހާރު ހުރީ ހަމަޖެހިފައި،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ވިދާޅުވީ ރާއްޖެ ދަރަނިވެރިވާ ވާހަކަ ދެއްކުން މިހާރު ހުއްޓިފައިވާ ކަމަށާއި ރޭޓިން އެޖެންސީތަކުން މިހާރު ލަފާ ދެމުންދަނީ ހަރަދު ކުޑަކުރުމަށް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345