ރައްޔިތުންގެ މަޖިލިސް

މާލީ ހިސާބު އާންމުކުރުން ނުހުއްޓޭ ގޮތަށް ކަންކަން ވަނީ އިސްލާހުކޮށްފަ: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ: މަޖިލިސް
0%
0%
0%

ދައުލަތުގެ މާލީ ތަފާސްހިސާބުތައް ނުހުއްޓި އާންމުކުރެވޭ ގޮތަށް ކަންކަން އިސްލާހުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މާލީ ހިސާބުތައް އާންމުކުރުން ހުއްޓުނު ސަބަބު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ޕަބްލިކް އެކައުންޓްސް ރިކޮންސިއުލޭޝަން ކުރުމުގެ މަސައްކަތުގެ ހަރަދު ރިކޯޑްކުރުމުގައި ހުރި މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށެވެ.

"ލޯން ފަންޑަޑް ޕްރޮޖެކްޓްސްގެ ޑިސްޕާސްމަންޓް އެކައުންޓިން ސިސްޓަމްގައި ރިކޯޑްކުރުމުގައި މިނިސްޓްރީން ގެންގުޅެމުންދިޔަ އުސޫލުތަކާއި ހުރި މައްސަލަތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ހަރަދުތައް މިއަހަރުގެ ބަޖެޓުގައި ރިކޯޑްކުރެވިފައިވޭ،" މޫސާ ޒަމީރު ވިދާޅުވި އެވެ.

މާލީ ހިސާބުތައް އާންމުކުރުން ހުއްޓާލި ސަބަބަކީ އެއީ ކަމަށާއި އެކަމުގައި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯއްދެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައި އެބަ އޮތް މިކަންތައް ކުރަންވީ ގޮތް އަދި އޭގެ އިތުރުން މިކަން އިތުރަށް ރިޕީޓްވިޔަ ނުދިނުމަށްޓަކައި މިހާރު އުސޫލުތަކެއް ކަނޑައެޅިގެން މިނިސްޓްރީން އެ އުސޫލުތަކަށް ބަދަލުކޮށްފައިވާނީ އެ އުސޫލުތަކަށް ރެކޯޑްކުރުން ކުރިއަށްގެންދާ ގޮތަށް،" މޫސާ ޒަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވަނީ މިހާރު އެ މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް އެއްވެސް ރިޕޯޓެއް ގަވާއިދުން އާންމު ނުކުރެވި ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345