ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕްގައި ސުމޯކިން ސެސޭޝަން ކްލިނިކެއް ހަދައިފި

May 9, 2022

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ސުމޯކިން ސެސޭޝަން ކްލިނިކެއްގެ ހިދުމަތް ދޭން ފަށައިފި އެވެ.

ސުމޯކިންގެ ސެސޭޝަން އަކީ ދުންފަތް އިސްތިއުމާލުކުރާ މީހުން ދުންފަތް ބޭނުން ކުރުން ހުއްޓާލުމަށް ދޭ ހާއްސަ ފަރުވާއެކެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކްލިނިކަކީ ފަރުވާ އާއި ކައުންސިލިން މެދުވެރިކޮށް ދުންފަތް ހުއްޓާލަން ބޭނުންވާ މީހުނަށް ދުންފަތުގެ ސަބަބުން ފަސޭހަ ކުރެވެން ނެތް ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށާއި ކުރިޔާލާ ރައްކާތެރިވުމަށް އެހީވެދޭނެ ކުލިނިކެއް ކަމަށެވެ.

އެ ކްލިނިކުން ކައުންސިލިން އާއު ބިހެއިވިއޮރަލް ތެރަޕީ އާއި ނިކޮޓިން ޕެޗާއި ގަމް، ލޮޒެންޖަޒް، އިންހޭލާސް އަދި ނޭސަލް ސްޕްރޭ ފަރުވާ ދޭނެ އެވެ.

މި ކްލިނިކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރ ޑރ. ރަގުލާން ރާޖާލިންގަމްއެވެ. ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ރަގުލާން އަކީ ސިއްހީ ދާއިރާގައި 10 އަހަރައްވުރެ ގިނައިން ހިދުމައްކުރައްވާފައިވާ ބޭފުޅެކެވެ.

ޓްރީ ޓޮޕަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ.