ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ޓްވިޓާ އެކައުންޓް ވެރިފައިކޮށްފި

May 13, 2022

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޓްވިޓާ އެކައުންޓް "ވެރިފައި" ކޮށްފި އެވެ.

ރައީސް ޔާމީންގެ ޓްވިޓާ އެކައުންޓް ވެރިފައި ކުރިކަން އަންގައިދިނުމުގެ ގޮތުން ބެޖު ދީފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ޔާމީންގެ ޓްވިޓާ އެކައުންޓް ހަދާފައިވަނީ މިދިޔަ މަހު އެވެ. ނަމަވެސް އެމަނިކުފާނުގެ އެ އެކައުންޓުން ފުރަތަމަ ފަހަރަށް ޓްވީޓެއް ކުރެއްވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.

ގައުމީ ދިދަ ހިމެނޭ ފޮޓޯއަކާ އެކު ކުރެއްވި ފުރަތަމަ ޓްވީޓްގައި ރައީސް ޔާމީން ވިދާޅުވީ ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ކަމަށެވެ. މިހާތަނަށް ޖުމްލަ އަށް ޓްވީޓެއް އެމަނިކުފާނު ކުރައްވާފައިވެ އެވެ.

ރައީސް ޔާމީންގެ ޓްވިޓާ އެކައުންޓް މިއަދު ވެރިފައިކުރިއިރު 7،372 މީހުން މިހާތަނަށް އެމަނިކުފާނުގެ އެކައުންޓް ފޮލޯ ކުރެ އެވެ.

ރައީސް ޔާމީން ފޮލޯކޮށްފައިވާ ހަމައެކަނި އެކައުންޓަކީ އެމަނިކުފާނު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓެވެ.