ޕީޕީއެމް

ޒުވާން ކޯޗު ސޮބާހް ޕީޕީއެމްއަށް ސޮއިކޮށްފި

May 15, 2022

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި ޒުވާން ކޯޗު ސޮބާހް މުހައްމަދު އިދިކޮޅު ޕީޕީއެމްއަށް ސޮއިކޮށްފި އެވެ.

ލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައިދިން ގައުމީ ޓީމުގެ ކުޅުންތެރިޔާ ސޮބާހް މިރޭ ޕީޕީއެމް އަށް ސޮއިކޮށް އޭނާގެ ފޯމް ވަނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރައްވާފަ އެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫގައި އެމްޑީޕީގެ ހަރަކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކޮށްފައިވާ އަލީ ޝަހީމް، އަރިވަރު، ސ. މީދޫވެސް މިރޭ ވަނީ ޕީޕީއެމް އަށް ސޮއިކޮށްފަ އެވެ.

ޕީޕީއެމްގެ މެންބަރުން އިތުރުކޮށް އެ ޕާޓީ ވަރުގަދަކުރުމަށް ކުރިއަށް ގެންދާ ހަރަކާތުގައި ބައިވެރިވުމަށް ޕީޕީއެމްއަށް ސޮބާހް އާއި އަލީ ޝަހީމް ސޮއިކޮށްފައިވާތީ ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަޝިޕުން ވަނީ މި ދެ ބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން ރާއްޖޭގައި ދެވަނަ އަށް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ -- ޕީޕީއެމްގައި މިވަގުތު ތިބީ 34،368 މެންބަރުންނެވެ.