ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޯވެކްސްގެ އެހީތެރިކަން އުތުރު ކޮރެއާ ބޭނުމެއް ނުވި

ދުނިޔެއަށް ފެތުރިގަތް ކޮވިޑްއާ ގުޅިގެން އަޑު ގަދަ ވެގެން ދިއަ ކޯވެކްސް ވެކްސިން ޕްރޮޖެކްޓުން އުތުރު ކޮރެއާއަށް ވެކްސިން ފޯރުކޮށް ދޭން ކުރި މަސައްކަތްތައް އުތުރު ކޮރެއާއާ ހެދި ފޭލިވެއްޖެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ކޯވެކްސްގެ ލޭބަލްގައި އުތުރަށް ވެކްސިން ފޯރުކޮށް ދޭން އެމެރިކާ ކުރި މަސައްކަތް ބަލައި ނުގަންނަ ކަމަށް ޕިޔޮންގްޔަންގުން އަންގާފައިވާ ކަމަށެވެ.

މުޅި ދުނިޔެއަށް ކޮވިޑް ފެތުރިގެން ދިޔައިރު ވެސް އުތުރު ކޮރެއާގައި ކޮވިޑު ނޫޅޭ ކަމަށް އެ ގައުމުން އޮތީ ބުނެފަ އެވެ. ކޮވިޑް ޖެހިގެން ހަމަ އެކަކު ވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހިފައި ނުވާ ކަމަށް ވެސް އެ ގައުމުން ބުންނެވެ.

އެހެން ނަމަވެސް، މުޅި ދުނިޔެ ކޮވިޑަށް ފަރިތަވެ އެ ބައްޔާއެކު އުޅެން ދަސްކުރި ފަހުން އުތުރު ކޮރެއާގައި ކޮވިޑް އުޅޭ ކަމަށް ރަސްމި އިދާރާތަކުން ވަނީ ބުނެފަ އެވެ. އެކަން އިއުލާންކުރި ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކޮވިޑްގައި މަރުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އުތުރު ކޮރެއާއަށް އެހީވުމަށް އދ. އަދި ދެކުނު ކޮރެއާއިން ވެސް ވަނީ ފުރުސަތު ދީފަ އެވެ. ދެކުނު ކޮރެއާއިން ބުނީ އެއްވެސް ހިފެހެއްޓުމެއް ނެތި ބޭސް ފަރުވާ ފޯރުކޮށް ދޭނެ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން ބޭސް ފަރުވާއަށް ހުރަސް ނޭޅޭނެ ކަމަށެވެ.

އުތުރު ކޮރެއާއަށް އެހީވުމަށް އދ. އިން ހުށަހެޅި ހުށަހެޅުމަށް އެ ގައުމުން ދެކޮޅު ހަދާފައެއް ނުވެ އެވެ. އަދި ދެކުނުން ހުށަހެޅި ހުށަހެޅުމަށް ވެސް ދެކޮޅު ހަދާފައެއް ނުވެ އެވެ. އެހެން ނަމަވެސް، މައްސަލައަކަށް ވީ ކޯވެކްސްގެ ނަމުގައި އެމެރިކާއިން އެހީތެރިވާން އުޅުމުންނެވެ.