ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ހުންޖެހޭ އަދަދު 200،000 އަށް ނާރާ: އުތުރު ކޮރެއާ

އުތުރު ކޮރެއާއަށް ކޮވިޑް ފެތުރިގެންފި އެވެ؛ މުޅި ދުނިޔެއަށް ކޮވިޑް ޖެހުނުއިރު ވެސް އުތުރު ކޮރެއާގައި ކޮވިޑު ނޫޅޭ ކަމަށް އެއިރު އޮތީ ބުނެފަ އެވެ. ކޮވިޑް ޖެހިގެން ހަމަ އެކަކަށް ވެސް ފަރުވާ ދޭން ޖެހިފައި ނުވާ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

އެހެން ނަމަވެސް، މުޅި ދުނިޔެ ކޮވިޑާއެކު އުޅެން ދަސްކުރި ފަހުން އުތުރު ކޮރެއާގައި ކޮވިޑް ފެތުރިގެންފި ކަމަށް ރަސްމި އިދާރާތަކުން މިހާރު ވަނީ ބުނެފަ އެވެ.

އެކަން އިއުލާންކުރި ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކޮވިޑްގައި މަރުވާ ކަމަށް ބުނެ އެވެ. މިހާރު ބުނަނީ ކޮވިޑް އޮތީ ކޮންމެވެސް ކޮންޓްރޯލް ކުރެވިފައި ކަމަށާއި ދުވާލަކު ހުން އަންނަ މީހުންގެ އަދަދު 200،000 އަށް ވުރެ ދަށް ކަމަށެވެ.

އުތުރު ކޮރެއާގައި ކޮވިޑް ފެތުރި ގަތުމަކީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އެއީ ދުނިޔެއަށް ތަޅުލެފައި އޮތް ގައުމަކަށް ވާތީ އުތުރު ކޮރެއާ ތެރޭގައި ހިނގާ ކަންކަން ދުނިޔެއަށް ސާފު ނުވާތީ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ކޯވެކްސް މެދުވެރިކޮށް ބޭސް ފޯރުކޮށް ދޭން ހުށަހެޅުމުން ޕިޔޮންގްޔަންގުން ވަނީ ދެކޮޅު ހަދާފަ އެވެ. ވެކްސިނާއި އެހެނިހެން ފަރުވާ ފޯރުކޮށްދޭން ދެކުނު ކޮރެއާއިން ހުށަހެޅި ހުށަހެޅުމަށް ވެސް އުތުރުން ޖަވާބެއް ނުދެ އެވެ.

އދ. އާއި މުއްސަނދި ގައުމުތަކުން މިހާރު އުޅެނީ އުތުރާ ވާހަކަ ނުދެއްކިގެނެވެ. އެމީހުންގެ މީހުންނަށް ފަރުވާ ފޯރު ކޮށްދިނުމަކީ ވެސް ކޮރެއާ ހިންގަން ތިބި ބަޔަކަށް ކަމުނުދާ ކަމަށް ވެއްޖެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކުނު ކޮރެއާއަށް ކުރެއްވި ދަތުރުގައި ވެސް ވަނީ އުތުރާ މަޝްވަރާ ކުރެއްވޭތޯ ބައްލަވާފަ އެވެ. ދެކުނުގެ އެހީތެރިކަމާއެކު ސިއްހީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

އެހެން ނަމަވެސް އުތުރު ކޮރެއާއިން ކޮވިޑް ރިޕޯޓް އާންމުކޮށް ބުނެފައިވާ ގޮތުގައި ހުންޖެހޭ އަދަދު 200،000 އަށް ނާރާއިރު ކޮވިޑަކީ މާބޮޑު ކަމެއް ކަމަށް އެ ގައުމުން ނުދެކޭ ކަމަށެވެ. އުތުރު ކޮރެއާގެ އާބާދީއަކީ 25 މިލިއަން ކަމަށް ލިބެން ހުރި ހިސާބުތަކުން އެނގެ އެވެ.