ދުނިޔެ

ބޭނުމީ އުތުރު ކޮރެއާ އާއި އެކު އަމާންކަމަށް މަސައްކަތްކުރަން"

Nov 28, 2022
ޗައިނާގެ ރައީސް ޝީ އާއި އުތުރު ކޮރެއަާގެ ލީޑަރު
0%
0%
0%

ދުނިޔެ އަމާން ތަނަކަށް ހެދުމަށް އުތުރު ކޮރެއާ އާއި އެކު މަސައްކަތްކުރެއްވުށް ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޝީ މިހެން ވިދާޅުވީ ޗައިނާގެ ވެރިކަމަށް ތިންވަނަ ދައުރަކަށް އޭނާ ހޮވުމާ ގުޅިގެން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން މަރުހަބާ ވިދާޅުވުމާ ގުޅިގެން އުން އަށް ފޮނުއްވި ޝުކުރުގެ މެސެޖެއްގަ އެވެ.

އުތުރު ކޮރެއާ އާއި ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ ޝީ ވާހަކަދައްކަވާފައި މިވަނީ މި މަހު ބޭއްވި ޖީ20 ސަމިޓަށް އިންޑޮނީޝިއާ އަށް ވަޑައިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް، އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ރޮކެޓްތައް ޓެސްޓް ކުރުމުގެ ޕްރޮގްރާމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވި ފަހުންނެވެ.

ޗައިނާ އަކީ އުތުރު ކޮރެއާ އިން މިހާރު ކުރިއަށް ނެރެގެން އުޅޭ ހަނގުރާމަވެރި ހަރަކާތްތައް ހުއްޓުވުމަށް އެ ގައުމަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވޭނެ ލީޑަރު ކަމަށް ހުޅަނގުގެ ނޫސްތަކުން ބުނެ އެވެ.

އުތުރު ކޮރެއާ އިން ކައިރި ކައިރީގައި މިސައިލްތަކެއް ޓެސްޓް ކުރަމުންދާތީ އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ އުތުރުގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345