ހަބަރު

މި ސަރުކާރުގެ އޮތީ މުއްދަތު ހަމަވެ ބާރު ކެނޑިފައި: އަލީ ވަހީދު

Jan 20, 2015
1

އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީން ގެ ސަރުކާރު އޮތީ މުއްދަތު ހަމަވެފައި ކަމަށާއި ސަރުކާރުގެ އެއް އަހަރުވީ އިރު ހިންގަމުން އަންނަ "ޖަރީމާތައް" ފަޅާއަރަމުން އަންނާތީ އުފާ ކުރާ ކަމަށެވެ. އަދި ސަރުކާރުގެ ބާރު ކެނޑެމުން އަންނަކަންވެސް އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ.

އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ދިދައިގެ ފަހަތުގައި ބައެއް ސިޔާސީ ބޭފުޅުންނަށް ނުތިއްބެވޭނަމަ ދިވެހިދިދައިގެ ފަހަތަށް ވަނުމަށް ގޮވާލައްވާ ކަަމަށެވެ. އަދި މި ވެރިކަން ބަދަލު ކުރާނެ ކަމުގެ އިންޒާރު އަލީ ވަހީދު ވަނީ ތަކުރާރުކޮށް ދެއްވާފައި އެވެ.

ގިނަ އަދަދެއްގެ ބަޔަކު އެއްވި މި ބައްދަލުވުމުގައި އަލީ ވަހީދުގެ އިތުރުން ވެސް ބައެއް ފަރާތްތައް ވާހަކަ ދެއްކި އެވެ.