މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ގޭސްފުޅި ގޮވާފައި ވަނީ މ. އުނިގަސްމަގުގައި ހުރި ގެއެއްގައި ކަމަށެވެ. އެ ހާދިސާގައި ދިވެހި ފިރިހެނަކަށް އަނިޔާ ލިބިފައިވާ ލިބުނު ނަމަވެސް ބޮޑު އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް ބުނެފައި ވަނީ ހާދިސާގެ އިތުރު މައުލޫމާތު އަދި ނުލިބޭ ކަމަށެވެ.
ފުލުހުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ގޭސްފުޅި ގޮވަން މެދުވެރިވި ސަބަބު ވެސް އަދި ސާފެއް ނުވެ އެވެ.