ދިރާގު

އުރީދޫ ވޯލްޑް ކަޕް ފޯރި ފަށައިފި

May 24, 2022

އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ފޯރިއާއެކު ވޯލްޑް ކަޕް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް ފަށާފަ އެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި އިއްޔެ ކުރިއަށްދިޔަ މި ކިކް އޮފް އިވެންޓްގައި ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލް ގެ ފަރާތުން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.

މި ހަފްލާ އިފްތިތާހުކޮށްދެއްވީ ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހުލޫފު އެވެ. މި ހަފްލާގައި ވޯލްޑް ކަޕް 2022 ގެ އޮފިޝަލް މެޗް ބޯޅަ "އަލް ރިހްލާ" ބޯޅައިގައި މިނިސްޓަރ ޖެއްސެވި ކިކާ އެކު އުރިދޫ މޯލްޑިވްސްގެ ވޯލްޑް ކަޕް ފޯރީގެ ހަރަކާތްތަށް ރަސްމީގޮތުން ފެށިގެން ދިޔައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ކޮމާޝަލް އޮފިސަރ، ޚާލިދު އަލް ޙަމާދީ ވިދާޅުވީ ރަސްމީކޮށް އުރީދޫ ވޯލްޑް ކަޕް ފޯރި މި ލޯންޗްކުރީ ހާރޑް ރޮކް ހޮޓެލް އާއި އެކު ކުޅެވުޅު އެކުވެރިކަމުގެ ފުޓްސަލް މެޗަކުން ކަމަށާ، ނަމަވެސް މިއީ ހަމައެކަނި ފެށުމެއް ކަމަށެވެ.

"މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސް ފުރުސަތުތަކާއި ހަރަކާތްތައްވަނީ ރޭވިފައިވާކަން ވެސް ފާހަގަޮށްލަން. އަޅުގަނޑުމެންގެ އަމާޒަކީ ވޯލްޑް ކަޕް ގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުންމ: ޚާލިދު އަލް ޙަމާދީ ވިދާޅުވި އެވެ.

ހަބޭސް ބޮޑުބެރު އަދި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރުގެ ހާއްސަ ހަރަކާތްތަކާއެކު މި އިވެންޓް އިތުރަށް ފޯރިގަދަވެގެން ދިޔައެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ވަނީ ވަރލްޑް ކަޕް ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް ކުލަގަދަ އަދި ފޯރިގަދަ ވަގުތުތަކަކަށް ހެދުމަށް އުރީދޫ މޯލްޑިވްސް އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަގީންކަން ދީފަ އެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އުރީދޫ ގްރޫޕުން ފީފާ އަދި ވޯލްޑް ކަޕް 2022 އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގު ފަހިކޮށްދިނުމަށް އުރީދޫއިން ވަނީ މަސައްކަތް ފަށާފަ އެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރު އިން 18 ޑިސެމްބަރ 2022 ގަ އެވެ.