މޯލްޑިވްސް ޕޮލިސް ސާވިސް

އޭސީޕީ ރިޔާޒާ ގުޅޭގޮތުން ފަތުރަނީ ދޮގެއް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބެނާ ނެގުމަށް އެ ގެކޮޅަށް ވަނުމަށް ބޭނުންކުރި ކޯޓު އަމުރު ހޯދުމަށް އެހެން ފުލުހެއްގެ ލޮގިން ބޭނުންކުރައްވައިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ރިކުއެސްޓު ކުރެއްވި ކަމަަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފި އެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބެނާ ނެގުމަށް އެ ގެކޮޅަށް ވަނުމަށް ބޭނުންކުރި ކޯޓު އަމުރު ހޯދުމަށް އެހެން ފުލުހެއްގެ ލޮގިން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ބޭނުންކުރައްވާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ވަނީ އެ ވާހަކަ ރިޕޯޓްކޮށްފައެވެ.

އެ ރިޕޯޓް ދޮގުކޮށް ފުލުހުން ދެންމެ ބުނީ އޭސީޕީއާ ގުޅޭގޮތުން ފަތުރަނީ ދޮގު މައުލޫމާތެއް ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގައި ކޯޓު އަމުރަށް އެދުމުގެ އުސޫލު ހަމަޖެހިފައިވާ ގޮތް ސާފުކޮށް ދީފައިވެއެވެ. ކޯޓު އަމުރަށް އެދުމުގެ އުސޫލު ހަމަޖެހިފައިވަނީ އިވެސްޓިގޭޝަން އޮފިސަރު އެދުމުން އެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ސުޕަވައިޒަރު އެޕްރޫވުކުރުމުން ކޯޓު އަމުުރު ރިކުއެސްޓު ކޮމްޕިއުޓާ ސިސްޓަމުން ޖެނެރޭޓްވާ ގޮތަށް ކަމަށް ފުލުހުން ބުންޏެވެ.