ޒިޔާދާ ނައީމް

ޕޯސްޓް މޯޓަމް ހަދަން ޒިޔާދާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

Jan 2, 2016
5

ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިދިއަ މަހުގެ 28 ވަނަ ދުވަހުގެރޭގެ މަރުވި ގދ. ތިނަދޫ ޓޭންކް، ޒިޔާދާ ނަޢީމް 37، ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ. ޒިޔާދާ ފުރުވާލާފައި ވަނީ އިންޑިއާ އަށެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒް ވިދާޅުވީ ޒިޔާދާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދަން މިރޭ 10:15 ގައި ފޮނުވާލީ މޯލްޑިވިއަންގެ ފްލައިޓަކުން އިންޑިޔާގެ ޓްރިވެންޑްރަމަށް ކަމަށެވެ.

ރިޔާޒް ވިދާޅުވީ މާދަމާ ޒިޔާދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށާއި އަދި ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ނެގުމަށްފަހު ވީއެންމެ އަވަހަކަށް ޒިޔާދާގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާ ބޭއްވުމަށް އާއިލާ އާއި ހަވާލުކުރާނެ ކަމަށެވެ.

ޒިޔާދާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ ފުލުހުންގެ ޓީމަކާއެކު އެވެ.