ހަބަރު

ޒިޔާދާ ރޭޕް ކުރި ކަމުގެ ކުށް ސާބިތުވެ ޝާހު ތިން އަހަރަށް ޖަލަށް

ޒިޔާދާގެ ފިރިމީހާ އިބްރާހީމް ޝާހު --
0%
0%
0%

ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ރޭޕް ކުރި ކަމަށް ބުނެ އޭނާގެ ފިރިމީހާ، އިބްރާހިމް ޝާހްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ ކަމަށް ނިންމާ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ޝާހުގެ މައްޗަށް ޒިޔާދާގެ މަރާ ގުޅިގެން ހަތަރު ދައުވާއެއް އުފުލި އެވެ. ރޭޕްގެ ދައުވާގެ އިތުރުން ދެން ކުރާ ތިން ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ވެސް ވަނީ ފަށާފަ އެވެ. އޭގެ ތެރެއިން ހުޅުވާލައިގެން ކުރިއަށް ގެންދަނީ އޮރިޔާންކާޑް ގެންގުޅުމުގެ ދައުވާގެ ޝަރީއަތް އެކަންޏެވެ. މީހަކު މަރުވެ ދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ ޝަރީއަތް ދައުލަތުން އެދިގެން ވަނީ ސިއްރުކޮށްފަ އެވެ.

ޝާހުގެ މައްޗަށް ކުރި ދައުވާތަކުގެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅީ ކުރިމިނަލް ކޯޓުން އެ ހުރިހާ ދައުވާއެއް ވެސް ސާބިތު ނުވާ ކަމަށް ނިންމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ބުނެފައިވަނީ ކުރިމިނަލް ކޯޓުން ދައުވާތައް ސާބިތު ނުވާ ކަމަށް ނިންމީ ހުށަހެޅި ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.

ޝާހުގެ މައްޗަށް ކޮށްފައިވާ އަނބިމީހާ ރޭޕް ކުރި ދައުވާ ސާބިތުވާ ކަމަށް ނިންމާ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މި މައްސަލާގައި ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އެހެން ކަމުން ޝާހު ތިން އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ހުކުމްކޮށްފަ އވެ.

މިއީ ފިރިމީހާ، އަނބިމީހާ ރޭޕް ކޮށްގެން ހުކުމް ކުރި މިފަދަ ފުރަތަމަ ފަހަރެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގެ ޝަރީއަތްތަށް ދައުލަތުން އެދިގެން ކުރިއަށް ގެންދަނީ ސިއްރުންނެވެ.

ފިރިމީހާގެ ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވެ އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޒިޔާދާ މަރުވެފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345