ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކްރެޑިޓް ކާޑުގެ ލިމިޓް މަތި ކުރަނީ

ބީއެމްއެލްގެ ސީއީއޯ ޓިމޮޓީ ސޯޔާ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ކްރެޑިިޓް ކާޑުގެ ލިމިޓް މަތި އަނެއްކާވެސް މަތި ކުރަން ވިސްނަމުންދާކަން ބީއެމްއެލްގެ ސީއީއޯ ޓިމޮޓީ ސޯޔާ ވިދާޅުވެއްޖެ އެވެ.

ގައުމީ ބޭންކް އިން ރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ ޓިމް ވިދާޅުވީ ކްރެޑިޓް ކާޑުގެ ލިމިޓް މަތި ކުރަން އުންމީދު ކުރިނަމަވެސް ޑޮލަރުގެ މަގާމު ނާޒުކު ކަމަށެވެ. ރުފިޔާ ޑޮލަރާ ގުޅިފައި އޮތުމާއި ޓޫރިޒަމް އިހުހުރި ހާލަތަށް އައިނަމަވެސް ޑޮލަރުގެ މަގާމު އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.

"އެމެރިކާގެ ފެޑެރަލް ރިޒާވުން މިދިޔަ އަހަރުގެ ފަހުކޮޅު އެމެރިކާގެ ފެޑެރަލް ރިޒާވް އިން ކުއަންޓިޓޭޓިވް އީޒިން އަންވައިންޑް ކުރަން ފެށި ފަހުން، ބައިނަލްއަގްވާމީ ޑޮލަރުގެ މާކެޓް ތަކުން ޓްރިލިއަނަކަށް ވުރެ ގިނަ ޑޮލަރު ވަނީ ނަގާފަ،" ޓިމް ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ ކަސްޓަމަރުން ބަހައްޓާ ޑިޕޮސިޓް ބޭންކަށް ބޭނުން ނުކުރެވޭނެ ކަމަށާ، މި ޑޮލަރު ހޭދަ ކުރަނީ ޑޮލަރުގެ ޓީޓީ ހެދުމާއި ވިޔަފާރީގެ ބޭނުންތަކަށް އަދި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ އަދި ކިޔަވަމުންދާ ދަރިވަރުންގެ ބޭނުން ތަކަށް ކަމަށެވެ.

ބީއެމްއެލް އިން ކާޑުގެ ލިމިޓަށް ބަދަލު ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވެ ޑޮލަރު ވަނުން ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް ފަހުން ވަނީ މި ލިމިޓަށް ބަދަލު ގެނެސްފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910