އިންޑިއާ

ބޮމެއްގެ މައުލޫމާތު ލިބިގެން ދިއްލީގެ ރެއިލް ސްޓޭޝަނެއް ހުސްކޮށްފި

ބޮމެއް އޮތް ކަމުގެ މައުލޫމާތު ލިބިގެން އިންޑިއާގެ ނިއު ދިއްލީގެ ރޭލު ސްޓޭޝަނަކުން މީހުން ހުސްކޮށްފިއެވެ.

ބޮން ގޮވާފާނެ ކަމުގެ ބިރަށް އެވަގުތު ފުރަން ތައްޔާރުވެފައިވާ ރޭލުތައްވެސް ވަނީ ހުއްޓުވުމަށްފަހު މީހުން ހުސްކޮށް ބަލައި ފާސްކޮށްފަ އެވެ. މި ބޮން އޮތް ކަމަށް މައުލޫމާތު ލިބުނީ ނިއު ދިއްލީއިން ކާންޕޫރާއި ދެމެދު ދަތުރުކުރާ ރޭލެއްގައެވެ.

މިއީ ލިބުނު ދޮގު މައުލޫމާތެއް ކަމަށް ކަމަށް ހަބަރުތައް ބުނެއެވެ.

ރޭލްތަކުގެ އިތުރުން މުޅި އެސަރަހައްދު ސަލާމަތީ ބާރުތަކުން ވަނީ ކުއްތާ ބޭނުންކޮށްގެން ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް އެސަރަހައްދުން އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. އެހެން ކަމުން ހެނދުނު 01:42 ހާއިރު ރޭލު ދަތުރުތައް ވަނީ އަލުން ފަށާފަ އެވެ.

ރޭލެއްގެ ތެރޭގައި ބޮމެއް އޮތް ކަމުގެ މައުލޫމާތު ލިބި ބަލައިފާސްކޮށްފައި މިވަނީ ކާކުކަން ނޭނގޭ ބަޔަކު އިންޑިއާގެ އެއާ ފޯސް ބޭސް އަކަށްވަދެ ބަޑިން ހަމަލާތަކެއްދީ ދެމީހަކު މަރާލާފައިވާ ދަނޑިވަޅެއްގަ އެވެ.
މިކަމުގެ ސަބަބުން އިންޑިއާގައި ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ.