އެސްޓީއޯ

އެސްޓީއޯ އިން ހިއްސާއަކަށް ރެކޯޑު ފައިދާއެއް ބަހަން ފާސްކޮށްފި

May 30, 2022

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 65ރ. ބަހަން ފާސްކޮށްފި އެވެ.

ކްރޮސްރޯޑުގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި 782 ހިއްސާ ދާރުން ބައިވެރިވެފައިވެ އެވެ. ހިއްސާދާރުންގެ އަގުލަބިއްޔަތުން ވަނީ ހިއްސާއަކަށް 65ރ. ބަހަން ނިންމާފަ އެވެ. މި ފައިދާއަކީ ކުރީ އަހަރު ބަހާފައިވާ އަދަދާ ބަލާއިރު މަތީ އަދަދެކެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރަން ހިއްސާދާރެއް ވަނީ އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކޮށްފައިވަނީ އަބްދުﷲ ސައީދު އެވެ. އަދި އެ ކުންފުނި އޮޑިޓް ކުރަން ނަގާފައިވަނީ ދުނިޔޭގެ މަޝްހޫރު އޮޑިޓްފާމް ޕީޑަބްލިއުސީ އެވެ.

ބޮޑު ފައިދާއެއް ލިބިފައިވާއިރު އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 11.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ ވިޔަފާރިތައް މިދިޔަ އަހަރު ރަނގަޅުވުމާއިއެކު ޖުމްލަ އާމްދަނީގެ ގޮތުގައި ކުންފުންޏަށް ވަނީ 10.1 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައިއިރު 41 ޕަސެންޓުގެ ކުރިއެރުމެކެވެ. އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތު ގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައިވެ މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާނަމަ އަށް ޕަސެންޓުގެ ކުރިއެރުމެކެވެ.