ޖިންސީ ގޯނާ

ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހަކު ހޯދަން އިއުލާންކޮށްފި

ބަދުއަހުލާގީ މައްސަލައަކާ ގުޅިގެން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހަކު ހޯދަން އިއުލާންކޮށް ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ބ. ހިތާދޫ، ޕެންޒީ، މުހައްމަދު ޔޫސުފު 20، ހޯދަން އިއުލާން ކުރީ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައަކާއި ގުޅިގެން ކަމަށާއި އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށެވެ.

މުހައްމަދު ޔޫސުފުގެ މައްޗށް ތުހުމަތުކުރާ ބަދުއަހުލާގީ މައްސަލައިގެ ތަފުސީލެއް ފުުލުހުން ނުދެ އެވެ.